މަސައްކަތް ކުރަންވީ ގައުމީ ބަތަލުންގެ މިސާލުން އިބްރަތް ލިބިގަތުމަށް ކަަމަށް އެމްއޭސީއެލްގެ ކުރީގެ ބޯޑު މެންބަރު އަދި އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ads by Asuru

އިއްޔެ ފާހަގަކުރި ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި އަމީން ވިދާޅުވީ ގައުމުގެ ހާލަތާ ދޭތެރޭގައި ވިސްނާލުމަށް ދިވެހީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެން މިއަދު މަސައްކަތްކުރަންވީ ގައުމީ ހާލަތާ ދޭތޭރޭ ވިސްނާލާ އަދި ގައުމީ ބަތަލުންގެ މިސާލުން އިބްރަތް ލިބިގަނެ މިގައުމަކީ ދިވެހީންގެ ފުރިހަމަ މިނިވަން ދައުލަތަކައް އިޔާދަ ކުރުމަށް!

ރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ. މި ދުވަހަކީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗުގީޒުންގެ އަތްދަށުން، ރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ.