ވަރަށް ގިނަ ފިރިހެނުންނާއެކުގައި އެއްޖިންސުން ގުޅުން ހިންގައި، އެ މަންޒަރު ވީޑިއޯކުރި މައްސަލައިގައި ދައުވާ އުފުލި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ މައްޗަށް ހުކުމް ކުރުން މާދަމާއަށް ތާވަލު ކޮށްފިއެވެ.

Ads by Asuru

މިމައްސަލައިގައި އަލަމްގިރްގެ މައްޗަށް މިފަހުން އުފުލީ އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއެވެ. އެ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފު ވެފައެވެ. އެހެންކަމުން އޭނާގެ އަދަބު ލުއިވެ، އޭނާގެ މައްޗަށް އިއްވާނީ 2 އަހަރާއި 11 މަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުމުގައިވަނީ، އަލަމްގިރް އާއި ދައުލަތުގެ ފަރާތުން އަދަބާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އަދި މިމައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން މާދަމާއަށް ވަނީ ތާވަލު ކޮށްފައެވެ.

މީގެކުރިން އޭނާގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާ ސާބިތުވެ ވަނީ ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.