އެވާކާޑޯ ސްމޫތީ ހަދާނެ ގޮތް

 

ބޭނުންވާ ތަކެތި:

ދޮން ވެފައިވާ އެވާކާޑޯ އެއް

1 ތަށި ކިރު (ފިނިކޮށް)

1-2 ސަމުސާ މާމުއި ނުވަތަ ހަކުރު

ބައި ޖޯޑު އައިސް ކިއުބް

އެއް ދޮންކެޔޮ

 

ތައްޔާރު ކުރާނެ ގޮތް:

އެވާކާޑޯ ފަޅާލުމަށް ފަހު އޮށް ނަގާލައި ސަމުސަލުން އެތެރެ ކަހާލާށެވެ.

އެއަށްފަހު އެވާކާޑޯ، ކިރު، މާމުއި ނުވަތަ ހަކުރު ، އަސް ކިއުބް އަދި ދޮންކެޔޮ މިކްސްރ އަށް އަޅާށެވެ. ކްރީމް ވަންދެން މިކްސަރުން ބްލެންޑް ކުރާށެވެ. އެއަށްފަހު ތައްޓަކަށް އަޅާށެވެ.

މި ސްމޫތީގެ ފައިދާ:

މި ސްމޫތީއިން ލިބޭ ފައިދާތަކުގެ ތެރޭގައި ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމާއި، ހަޖަމު ކުރަން ފަސޭހަ ކޮށްދިނުމާއި، ހަންގަނޑު ރީތި ކޮށްދިނުމާއި، ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުން ހިމެނެއެވެ.