މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން  ޔެލޯ އެލާޓް ނެރެފިއެވެ.

Ads by Asuru

މިގޮތުން، މި އެލާޓް ނެރެފައިވަނީ، މިރޭ އިރުއޮއްސި 6:00 އާ ހަމައަށް، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.

އެ ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އަދި ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓުން ބުނެއެވެ.

މޫސުން ރީތިކޮށް އޮތުމަށް ފަހު މީގެ ދެ ތިން ދުވަސް ކުރިން ފެށިގެން މާލެއަށް ވެސް ދޭތެރެއަކުންދަނީ ވިއްސާރަ ކުރަމުންނެވެ.

ހއ. އިން އދ. އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު އެހެން ހިސާބުތަކަށް މޫސުން ރަނގަޅެވެ.