ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އަންނަ ހޯމަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

Ads by Asuru

މިމަހުގެ ތިނެއްވާ ހޯމަ ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރޭ ދުވަހެވެ. މިއީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިއީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް، ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރު ކަމަށް ވުމާއެކުގައި، މި ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.