ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތުގެ ފުރާޅުމަތިން ވެއްޓުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން، ބުނީ މިފްކޯގެ އިމާރާތުގެ ފުރާޅުމަތިން ވެއްޓުނު މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށެވެ. މި ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ހާދިސާގައި މަރުވީ އުމުރުން 41 އަހަރުގެ އިންޑިއާ މީހެކެވެ. އެމީހާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ގއ. ވިލިނގިލީ ހޮސްޕިޓަލަށެވެ. އަދި އޭގެ ފަހުން އެމީހާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.