ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ރަންވޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.
މި ރަންވޭ ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގާފައިވަނީ، ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. އާ ރަންވޭގެ މަޝްރޫއުއަށް 373 މިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ. މި ރަންވޭ ތަރައްގީކޮށްފައިވަނީ އެއާބަސް މަރުކާގެ އެންމެ ބޮޑެތި A380 ބޯޓަށްވެސް ޖެއްސޭ ފެންވަރަށެވެ. އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާ މިނުގައި 60 މީޓަރު ހުރެއެވެ.
ރަންވޭ އެޅުމުގެ މަސައްކަތް 2017 ވަނަ އަހަރު ފެށިއިރު، 2018 ވަނަ އަހަރު ރަންވޭގެ މަސައްކަތް ނިންމައި އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓްވެސް ޖައްސާފައެވެ.
Vice President @faisalnasym officially inaugurates the new runway developed in @velanaairport. The new Code F runway measures 3,400m by 65m, and features advanced navigational technologies and will increase runway throughput. pic.twitter.com/WokVOqYLFP
— The President's Office (@presidencymv) October 6, 2022
އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޖައްސާފައި ވަނީ އެމިރޭޓްސްގެ ފްލައިޓެކެވެ.