ޝެއިޚު އާސިމް އަލް ޙަކީމް ވިދާޅުވިއެވެ. ރަސޫލާ(ސ.އ.ވ) ހަދީޘް ކުރެއްވިއެވެ. ރޭގަނޑު ހޭލެވިގެން މި ދުޢާ ކޮށް ﷲގެ ހަޟުރަތުން ކަމަކަށް އެދިއްޖެނަމަ، ނުވަތަ ތެދުވެ ވުޟޫކުރުމަށްފަހު، ނަމާދުކޮށް ކަމަކަށް އެދިއްޖެނަމަ، މާތްﷲ އެމީހެއްގެ ދުޢާ އިޖާބަ ކުރައްވަވާނެއެވެ. (ސަހީޚު ބުޚާރީ 1154)
ތިރީގައި މިވަނީ ރަސޫލާ(ސ.އ.ވ) ކިޔުމަށް އިރުޝާދު ދެއްވި ދުޢާއެވެ.
لَاإِلٰهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ
لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
اَلْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ،
وَلَا إِلٰهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ
وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ، އެއަށްފަހުގައި، ފާފަ ފުއްސެވުން އެދި، اَللَّهُمَّ اغْفِرْ لِي ކިޔާށެވެ.
ޝެއިޚު އާސިމްގެ ވީޑިއޯ މި ލިންކް އިން ބައްލަވައިލައްވާށެވެ.
ޝެއިޚު ވިދާޅުވީ، މި ދުޢާ ކިޔަންވީ ހޭލެވުމުން، ފޯނު ނުބަލައި، އެހެން ކަންކަން ނުކޮށް، ކުއްލިއަކަށް ހޭލެވުމާއިއެކު، މާތްﷲ ހަނދުމަ ކުރުމަށްފަހުގައި ކަމަށެވެ.
އަދި ވަޒީފާއެއް ނުވަތަ ދަރަންޏެއް އަދާ ކުރުމުގެ ގާބިލުކަން ބޭނުންވެ، ނުވަތަ އެހެން ވެސް ކަމަކަށް އެދޭމީހާ މި ދުޢާ ކުރުމަށް ޝެއިޚު ނަސޭހަތް ދެއްވިއެވެ.

