ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިދިކޮޅުން ބުނި ގޮތުގައި، ރައީސް ޔާމީން ނ.އަތޮޅަށް ވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހުއެވެ. ރައީސް ޔާމީން، ނޮވެމްބަރުމަހުގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީން ވަނީ ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކަށް މިދިޔަ ހަފްތާގެ ތެރޭގައި ވަޑައިގެންފައެވެ.
އަދި ވެރިކަން ލިބިއްޖެނަމަ އެ ރަށްތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
