ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އިބްރާހިމް މާހިރު އައްޔަންކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ބުނެފައިވަނީ ފެމިލީ ކޯޓަށް އިސް ގާޒީއަކު ހޯދުމަށް ކުރި އިއުލާނުގެ ދަށުން ރާއްޖޭގެ ފެމިލީ ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ ”ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ“އިން އިންޓަރވިއުކުރުމަށްފަހު ފެމިލީ ކޯޓުގެ އިސް ގާޒީކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ އިބްރާހިމް މާހިރު ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
އިބްރާހީމް މާހިރު ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 2005 ނޮވެންބަރު 09 ވަނަ ދުވަހުއެވެ. މާހިރު އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގައި ފަނޑިޔާރުކަމުގެ މަގާމުގައެވެ.

ފެމިނިސްޓުންގެ ރުހުން ހޯދީ ކޮން އިރަކު