ވަރަށް އަގުހެޔޮކޮށް، އަދި އެހައިމެ އަވަހަށް އަބާޔާއެއް ފަހާލަން އެދޭނަމަ، މާބޮޑަށް ވިސްނާކަށް މިހާރު ނުޖެހޭނެއެވެ. އަވަހަށް ”ޑްރީމްސް ކްލޮތިން“އަށް ގުޅާލާށެވެ.
ކޮލިޓީ ރަނގަޅު ފޮތީގައި، އެތަނުން ބޭނުން ޑިޒައިނަކަށް އަބާޔާ ފަހައިދެއެވެ. ރެޔަން ކޮޓަން ފޮތި، އޯރިއޯ، ޒިބްރާ، ފުކްރޯ ފަދަ މޮޅު، އެކި މެޓީރިއަލްތަކުގެ ފޮތި ބޭނުންކޮށްގެން، ޑްރީމްސް ކްލޮތިންއިން އަބާޔާ ފަހައިދެނީ، ކަސްޓަމަރުން އެންމެ ހިތްހަމަޖެހޭ ގޮތަށެވެ.
ކަސްޓަމަރުން އެންމެ އެދޭ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެތަނުން ވަރަށް އިސްކަންދޭ ކަމެކެވެ.

ަ
އަގަކަށް ބަދަލެއް ނާދޭ!
އަބާޔާ އަކީ އަގުބޮޑު ހެދުމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. ގިނަ ފަހަރު ރެޑީމޭޑް އަބާޔާގެ އަގުތައް އުޅެނީ 800ރ އިން މަތީގައެވެ. އެކަމަކު 2021 ވަނަ އަހަރުގައި ހިދުމަތް ފެށި ޑްރީމްސް ކްލޮތިން އިން އަބަޔާ ފަހާނަމަ، ބޮޑުތަނުން އަގުހެޔޮވާނެކަމުގެ ޔަގީންކަން އެތަނުން ދެއެވެ.
އެތަނުގެ އަބާޔާގެ އަގުތައް އުޅެނީ 550ރ އާއި 699 ރުފިޔާއާ ދެމެދުގައެވެ.

އަވަސް ހިދުމަތެއް ލިބޭނެ!
ހެދުމެއް ފަހަން ހަވާލު ކުރާ ތަނަކުން، ހެދުން ނުނިންމައިގެން، ޝަކުވާ ކުރަންޖެހޭ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ޑްރީމްސްކްލޮތިންގެ ހާއްސަ އެއް ކަމަކީ ކަސްޓަމަރުންނަށް އަވަސް ހިދުމަތެއް ދިނުމަށް މަސައްކަތް ކުރާ ކަމެވެ.
އެ ތަނުން ބުނީ، އާދައިގެ އަބާޔާއެއް އެއް ދުވަސް ތެރޭގައި ނިންމާލަދޭއިރު، ޑިޒައިން އަބާޔާ އެއްވެސް ގިނަ ދުވަސްތަކެއް ނުނަގައި، ކަސްޓަމަރުން އެދޭ ގޮތަށް ނިންމައިދޭނެ ކަމަށެވެ.

ޑްރީމްސްކްލޮތިންގެ ފޭސްބުކް ޕޭޖުން އެތަނުން ފަހާ އަބާޔާގެ ވައްތަރުތައް ފެންނަން ހުންނާނެއެވެ. ޒަމާނީ ފޮތީގައި ފަހާ ރީތި އަބާޔާތައް ”އިންސްޓެންޓް“ ކޮށްވެސް ގަނެލެވެން އެބަހުއްޓެވެ.
ޑްރީމްސްކްލޮތިންގެ އަބާޔާއެއް އޯޑަރު ކޮށްލުމަށް 9906143އަށް ގުޅާލާށެވެ.

