މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

Ads by Asuru

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މުފްތީ މެންކަށް މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީއާއި އެ މިނިސްޓްރީގެ އިސްވެރިންނެވެ.

ޒިންބާބުވޭގެ ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްގެ މި ދަތުރުފުޅަކީ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން މާދަމާ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައެވެ.

އަދި މި މަހުގެ 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު, 30 ވަނަ ދުވަހު ދަރުސް ދެއްވާނީ އައްޑޫ ސިޓީގެ ސިޓީ ސްކޮޔަރގައެވެ. 31 ވަނަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ދަރުސް ދެއްވާނެއެވެ.