ރައީސް ޔާމީން އަބްދުލްގައްޔޫމް ނ.ވެލިދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

Ads by Asuru

ނ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެެރެއިން، ރައީސް ޔާމީން ވެލިދުއަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެރަށުން އެމަނިކުފާނަށް ކިޔާފައިވަނީ ވަރަށް ސަގާފީ މަރުހަބާއެކެވެ.

 

އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި، އެރަށުގެ ބަނދަރު ސަރަހައްދަށް އެކި އުމުރުފުރާގެ ރައްޔިތުން އެއްވެ ތިއްބެވެ. އެއްވެ ތިބި މީހުން ވަނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށްވެސް ގޮވާލާފައެވެ.

ރައީސް ޔާމީން މިއަދު ވަނީ ނ.މަނަދޫއަށްވެސް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.