އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހުގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުން ނުކުމެ ދޭ ވޯޓަކީ ދަރިންގެ މުސްތަގްބަލަށްޓަކައި ދެވޭ ވޯޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ މާފަންނު މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވޯޓްލާން ނިކުންނަނީ ވޯޓްލާ މީހުންގެ ނިސްބަތުން ބަލާނަމަ   30 އިންސައްތަ އެއްހާ މަދުބައެއްކަމަށެވެ.

މެޑަމް ވިދާޅުވީ “ ކޮންމެ މީހަކު ހޮވުނަސް ތިމަންނަ މެންނަށް އެންމެ ރަނގަޅޭ“ ބުނުމަކީ އެއީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ.

ތަރައްގީއާއި ތަމައްދުންއަށް މަސައްކަތް ކުރާއިރު ސަރުކާރާއި އެކު މަސައްކަތް ކުރާނެ ކައުންސިލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ބޭނުންވާ މީހަކު ހޮވަން ވޯޓްލާން ނުނިކުމެފި ނަމަ ހޮވޭ ބަޔަކު ސަރުކާރާއި އެކު ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަމެއް ނެތްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ މިއަދު ދެވޭ ވޯޓަކީ އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށާއި، ރަށަށް އަންނަ ތަރައްގީގައި ވޯޓްލާން ނިކުންނަ ކޮށްމެ ރަށްޔިތެއްގެ ހިއްސާވާނެކަމެއް ކަމަށެވެ.

އަދި ވޯޓްލާން ނިކުމެ ވޯޓްލުމުގެ 30 އިންސައްތައި އޮތް ވޯޓްލާން ނިސްބަތް އިތުރުކުރުމަށް މެޑަމް ވަނީ އެދިވަޑައިގެންފައެވެ.