މާދަމާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ ސޯޝަލްމީޑިއާ އެކައުންޓުތަކުން ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މާދަމާ ހެނދުނު6:00 އާއި6:15 އާއި ދެމެދު ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

ކަރަންޓު ކެނޑޭނެ ސަރަހައްދުތައް:

  • އެސްޓީއޯ ޓަވަރު
  • އެމްޑަބްލިޔުއެސްސީ ޓަވަރު
  • އެމްޕީއެލް ޓަވަރު
  • ހިޔާ ޓަވަރު ފަހެއް، ހައެއް، ހަތެއް އަދި އަށެއް
  • އަމާން އުދަރެސް ފަހަކުން ސޯޅައަށް
  • އަމާން ދޯދި ފަހެއް، ހައެއް، ހަތެއް އަދި އަށެއް
  • ވިނަރެސް ނުވައެއް އަދި ދިހައެއް
  • އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު

ސްޓެލްކޯ އިން ބުނީ މާދަމާ ކަރަންޓު ކެނޑެނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ކަމަށާއި، މިކަމުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމުގައެވެ.