މިއީ ޕޯސްޓަރު ތަކަށް ކަޅުތެޔޮ ޖަހައިގެން ނުވަތަ ކީހައިގެން ކުރިއަށް ދާންވީ ޒަމާނެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލަށް އައްޑޫ ސިޓީއިން ވާދަ ކުރާ ކެނޑިޑޭޓުންގެ ޕޯސްޓަރު ތަކަށް ގެއްލުންދީފައިވައިވާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން ”އަސުރަށް“ ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ކައުންސިލަށް ވަދާކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ފަށައި، ކެންޕެއިންގެ ބެނާތަކާއި ޕޯސްޓަރުތައް ހަރުކުރުކުރުގެ މަސައްކަތް ރޭގެ ވަގުތެއްގައި ފަށާފައިވާކަމަށެވެ.

އެގޮތުން މަރަދޫން ހިތަދޫއަށް ދާ މަގުގައި ޕޯސްޓަރުތައް ހަރުކޮށްފައިވާކަމަށެވެ. ނަމަވެސް މިއަދު ހެނދުނު އެ ހުރިހާ ޕޯސްޓަރެއް ހެން ކަޓަރުން ކަފާ ހަލާކޮށްލާފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިޒަމާނީ ޕޯސްޓަރަކަށް ކަޅުތެޔޮޖަހާ ކަޓަރުން ކީހައިގެން ކުރިއަށް ދާންވީ ޒަމާނެއް ނޫންކަމަށެވެ.

ޕޯސްޓަރުތަކަށް ގެންލުން ދިނީ ކޮންބައެއްކަން އެއްވެސް ވަރަކަށް ބުނަން ނޭނގޭ ކަމަށާއި، އެމައްސަލަ މިހާރު ފުލުހުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުން ގެ މަސައްކަތުން އެކަން ކުރި ބަޔަކު ވީހާވެސް އަވަހަށް ދެނެގަނެވޭނެ ކަމަށް އުއްމީދު ކުރާކަމަށް ވެސް ސިނާން ވިދާޅުވިއެވެ.

ޕީއެންސީގެ ކެމްޕެއިން ޕޯސްޓަރުތަކަށް ބަޔަކު ގެއްލުން ދިންއިރު، މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ފެންމަތިވެ، ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ޕީއެންސީން ދާދި ފަހުން ވަނީ އެ ޕާޓީގެ ކެމްޕެއިން، އާބާދީ ބޮޑު އައްޑޫ ސިޓީގައި ފެށުމުގެ ގޮތުން ވަރަށް ފޯރިގަދަ ޖަލްސާއެއް ވެސް ބާއްވައިފައެވެ.