ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

Ads by Asuru

ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އެ އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 2:00 އިން ފެށިގެން މިރޭ 8:00 އާ ހަމައަށެވެ.

އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ގަޑިއަކު 19-22 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގއި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މެޓުން ވަނީ މިއަދު ހެނދުނު 8:00 އިން މެންދަރު 2:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.