ރަމަޟާން މަހުގެ ކަރަންޓް ބިލު ފޮނުވާނީ ވަކިން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯއިން އެކްސްގައި ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ކަރަންޓް ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން ރަމްޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނަގާނެކަމަށެވެ.

އަދި މި މަސައްކަތް މި މަހުގެ 16، 17 ވަނަ ދުވަހު މި މަސައްކަތް ކުރިއަށްދާއިރު މިކަމުގައި ހުރިހާ ކަސްޓަމަރުންގެ އެބާރުލުން ދިނުމަށް އެކުންފުނިން ވަނީ އެދިފައެވެ

ރަމަޟާން މަހުގެ ކަރަންޓް ބިލު 400 ރުފިޔާއަށްވުރެ ބޮޑުވާ ބައިން ޑިސްކައުންޓް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ  ފާއިތުވި ނޮވެމްބަރު މަހު ނޮވެމްބަރު މަހުގެތެރޭގައި ބޭއްވި ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ރަމްޟާން މަހުގެ ކަރަންޓްބިލް ބޮޑުވުމަކީ، ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިފަހަރު އެކަން ތަކުރާރު ނުވާނެ ކަމަށެވެ.