ޗާގޯސް ނުވަތަ ފޯޅަވަހި މުހިންމު ކަމުގައިވާނަމަ، އިންޑިއާއާ ވާހަކަ ދައްކައިގެން މަލިކު ހޯދަން ދާންވީ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާއި ފުށުއެރުންތަކެއް ހުރިކަމަށްބުނެ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިގެން ކުރިއަށް ދަނިކޮށް، މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ގަބޫލުކޮށް އޮގަސްޓު 22، 2022 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީއެއް ފޮނުވާފައިވާ ކަމަށް، އެޓާނީ ޖެނެރަލް، މިދިޔަ މަހުގެ 20 ވަނަ ދުވަހު ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ސަރުކާރު ދިފާއު ކުރައްވާ ވާހަކަ ދައްކަވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިހާދު ކުރެއްވި ޓްވީޓެއްގައި ވަނީ މަލިކުގައި ތިބީ ދިވެހި ބަހުން ވާހަކަ ދައްކާ މީހުން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަލިކުގެ އާއިލާތަކާ ގުޅުން އޮތް އާއިލާތައްވެސް ރާއްޖޭގައި ދިރިއުޅެމުންދާ ކަމަށެވެ.
”އިންޑިއާއާ ވާހަކަ ދައްކައިގެން މަލިކު ހޯދަން ދާންވީދޯ! އެކަނޑަކީ ދިވެހި މަސްވެރިންނަށް މުހިންމު ކަނޑެއް. ކުރީގަ ރާއްޖޭގެ ރަށެއް، އަސްލު މާ މުހިންމު ދޯ.“ ނިހާދު ވިދާޅުވިއެވެ.
Malik gai thibee Dhivehi Bahun vaahaka dhakkaa meehun! Malik aailaa thakaai gulhun oih aailaa thah ves Raajjeygai eba dhiriulhey! India aai vaahaka dhakkaigen Malik Hoadhan dhaan vee dhoa? E kandakee dhivehi masverinnah Muhimmu kandeh! Kureega Raajje rasheh! Aslu maa Muhimmu Dho?
— Feydhoo Meehaa (Mohamed Nihad) (@nihad_m) October 31, 2022
ފޯޅަަވަހީގެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރި ކުރުމާ ދެކޮޅަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ސިޔާސީ ޕާޓީތަކުންވެސް ބަސް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.
ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯދަން ރައްޔިތުންގެ މަޖިލީހަށްވެސް މިހާރު ވަނީ ހުށަހަޅާފައެވެ.
