ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވަން ނިންމައިިފިއެވެ.
މިކަން ހާމަކުރައްވަވައި، ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ޕީއެންސީ އަކީ ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވާގޮތަށް ޕާޓީގެ ލީޑަރޝިޕުން މިހާރު ނިންމާފައިވާކަމަށެވެ.
އަދި މިއީ ޕާޓީގެ ތެރެއިން ސިޔާސީގޮތުން ކުރިއަށްދިއުމަށްޓަކާ ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ކޮންގްރެސްއަކީ ވަރަށް އިންސާފުވެރިކަމާއެކީ ބާއްވާނެ ވަރަށް ދެފުށްފެންނަ ވަރަށް ފުރިހަމަ ކޮންގްރެސްއަކަށް ވާނެއެވެ.
އަދި އެ ޕާޓީން މިފަދަ ކަންކަން ކުރާނީ، ވަރަށް ތަރުތީބު ކަމާއެކު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕީއެންސީގެ މަސައްކަތްތައް 2023 ވަނަ އަހަރުގެ ނޮވެމްބަރުގައި 3000 މެންބަރުންނާއެކު ފެށުނު ނަމަވެސް، މިހާރު އެ އަދަދު 75،000 އަރާފައިވާކަމަށެވެ.

