މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އުޅެނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރިކަން ހަނދާން ނެތް ބަޔަކަށް ހެދިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ނެގުމަށް ހަމަޖެހިފައިވާ ހިޔާލު ހޯދުމުގެ ވޯޓާއި ގުޅޭ ގޮތުން އެމްޑީޕީން ވާހަކަދައްކަމުން އަންނަނީ އެއްވެސް ކަމެއް ހަނދާން ނެތް ބަޔަކަށް ހެދިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަޖިލީހުގައި އެބޭފުޅާވެސް މަސައްކަތް ކުރެއްވި ކަމަށާއި، އެ ގާނޫނު އަސާސީ ތަސްދީގު ކުރުމުގައިވެސް މަސައްކަތް ކުރި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ހާއްސަ މަޖިލީހުގައި ކުރި ބަހުސްތަކުން ވެސް ވޯޓުތައް ތަރުތީބުކުރުމާއި ގުޅޭ ބަހުސްތައްވެސް ކުރިއަށްގެންދިޔަ ކަމަށް ނާޒިމް ވިދާޅުވިއެވެ.
”އާދެ، މިއީ.. ފެންނަ ނުފެންނަ ވޯޓަކުން ވެރިކަމުގެ ނިޒާމު ކެނޑުވުމަށްފަހު އިންތިހާބު ބާއްވާނެ ތާރީހުތައް ކަނޑައެޅުމުގައި ވެސް އެ ބަހުސް އޮތީ ކުރެވިފައި. އަދި ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ހާއްސަ މަޖިލީހުގައި ހުށަހެޅުމެއް ހުށަހަޅައި، އެ ހުށަހެޅުމަށް ތާއީދު ދީ، އެ ހުށަހެޅުމަށް ވޯޓަށް ވެސް އަހާފައި އެބަ އޮތް. އެހެންވީމާ މިއީ ކުރެވިފައި ނެތް ބަހުސް އެއް ނޫން، މިއި ކުރެވިފައި ކުރިން ނިމިފައި އޮތް ބަހުސް އެއް.“ ނާޒިމް ވިދާޅުވިއެވެ
ނާޒިމް ވިދާޅުވީ ދެ އިންތިހާބުގެ ތާރީހު ފަރަގުވެ ފުށުއަރައިގެން ދިޔަ ސަބަބުވެސް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން އައު ގާނޫނު އަސާސީ ތަސްދީގުކުރެވުމާ ގުޅިގެން އުފެދިގެންދިޔަ މިނިވަން މުއައްސަސާތަކާއި، ހަދަން ޖެހުނު މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަނާއި، އިންތިހާބާއި ބެހޭގޮތުން އާ ގާނޫނުތަކާއި އިންތިހާބީ ދާއިރާތައް ކަނޑައަޅަން ޖެހުނު ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ ގާނޫނުތައް ފަރުމާކޮށް ފާސްކުރުމަށް ނެގި ވަގުތުގެ ސަބަބުން ދެ އިންތިހާބު ބާއްވާ ތާރީހު ފަރަގުވެގެންދިޔައީ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ނުބޭއްވުމަކީ އެއްގޮތަކަށްވެސް ގާނޫނު އަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި އޭރު ނިންމާފައި އޮތީ ވީ އެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމްޑީޕީން އެންމެ ފުރަތަމަ ވެސް އޮޅުވާލީ ދެ އިންތިހާބު އެއްކޮށްލަން އުޅޭކަމަށް ބުނެ ވާހަކަ ދައްކައިގެން ކަމަށެވެ.
ނަމަވެސް ފެންނަ ނުފެންނަ ވޯޓު ނަގަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިފިނަމަ، މަޖިލިސް އިންތިހާބުގެ ވޯޓުލުމުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށެވެ.


ޚކޮންމެ އަކަސް ވެރިކަން ބާރުގަ އޮވެ ބޭނުންހާ ގޮތަކަށް ވޯޓްލާން ފާސް ޖުރާނަމަ އޮޅުވާލުމުގރ ފުސަތު ބޮޑު. ތާ ދޯ.