ރަމަޟާން މަހުގެ ފަހު ދިހައެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓަމާ ކެއާ ހުޅުވިފައި ހުންނާނެ ގަޑިތައް އާންމުކޮށްފިއެވެ.
މިކަން އިއުލާންކޮށް އެޗްޑީސީ އިން ބުނެފައވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރޯ އަދި ވިނަރެސްގައި ހުރި އެ ކޯޕަރޭޝަންގެ ކަސްޓަމާ ކެއާ ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށްކަމަށެވެ.
ރޯދަ މަހުގެ ފަހު ދިހަޔަކީ ސަރުކާރުން ބަންދު ދުވަސްތަކެއް ކަން ކަނޑައެޅުމާއި ގުޅިގެން މި މަހުގެ 9 އަކުން ފެށިގެން 19ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.
ދެން ސަރުކާރު އޮފީސްތައް ހުޅުވާނީ އީދު ބަންދަށްފަހު މިމަހުގެ 23 ވަނަ ދުވަހުގައެވެ.

