އުރީދޫ މޯލްޑިވްސްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ”އުރީދޫ ފަން ރަން“ ގައި ބައިވެރިން ހުޅުވާލައިފިއެވެ.

Ads by Asuru

ކުރިން ”އުރީދޫ ކަލަ ރަން“ ގެ ނަމުގައި ބާއްވަމުން އައި މި ދުވުން މި ފަހަރު ”އުރީދޫ ފަން ރަން“ އަށް ބަދަލުކޮށް މި މަހުގެ 25 ގައި ބާއްވަން ތައްޔާރުވާ އިރު، މި އިވެންޓްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމގެ ފުރުސަތު ވަނީ މި މަހުގެ 15 އާ ހަމައަށް ހުޅުވާލައިފައެވެ.

މީގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ. ގިނަ ހަރަކާތްތަކަކާ އެކު ބާއްވާ އެ މެރަތަންގައި އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް ރަޖިސްޓްރީވެވޭނެއެވެ.

އަލަށް ދުވާ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ ”އުރީދޫ ފަން ރަން“ އަކީ ފަސް ކިލޯމީޓަރުގެ ކުރު ދުވުމެކެވެ. މި އިވެންޓްގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ”އުރީދޫ ފަން ރަން“ ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ އިރު، ސްޓޭންޑަޑް ކިޓާއި ”ފަން ރަން“ ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ ކިޓްގެ އަގަކީ 200 ރުފިޔާއެވެ.

”އުރީދޫ ފަން ރަން“ ގެ މަގުސަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ކަމެއްކަން އަންގައި ދިނުމެވެ.