ހުޅުމާލޭގައި ”ދަ އައުޓްފިޓް ސްޓޯރ“ގެ ނަމުގައި އަންނައުނު ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ.

Ads by Asuru

ހުޅުމާލޭގެ ފޭސް އެކެއްގައި، ރަބަރުގަސް މަގުގެ ފަސްވަނަ ގޯޅީގައި ހުންނަ މި ފިހާރަ، ހުޅުވައިދެއްވީ ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފެވެ. އޭނާ ވަނީ ފިހާރަ ހުޅުވައިދެއްވައި، ފިހާރައިން ލިބެން ހުރި ތަކެތި ބައްލަވާލައްވައިފައެވެ.

 

އައުޓްފިޓް ސްޓޯރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—

 

މި ފިހާރައިން އަންހެނުންނާ ފިރިހެނުންގެ އެންމެ ޒަމާނީ ހެދުން ލިބެން ހުންނާނެއެވެ. އޮފީސް ހެދުމާއި، އަންހެން ބޭފުޅުންނަށް ހާއްސަ ފައިވާނާއި ބޫޓުގެ އިތުރުން ރީތި ޓޮޕްވެސް އައުޓްފިޓް ސްޓޯއިން ގަނެވޭނެއެވެ. މިގޮތުން ރީފް، ޒާރާ، ޖެކް އެންޑް ސްމިތު، ލީވައިސް، ޕޯލް ސްމިތު، ޑޭވިޑާ އަދި ސީއެލްގެ އިތުރުން، އެހެނިހެން މަޝްހޫރު ބްރޭންޑްތަކުގެ އަންނައުނު މި ފިހާރައިން ލިބެން ހުންނާނެއެވެ.

 

އައުޓްފިޓް ސްޓޯރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

ކަސްޓަމަރުންނަށް އޮތް އުފާވެރި ޚަބަރަކީ، އައުޓްފިޓް ސްޓޯރއިން ވިޔަފާރި ކުރާ ފަރާތްތަކަށް މިމަހުގެ 10 ވަަނަ ދުވަހުގެ ނިޔަލަށް ފަސް އިންސައްތައާ 20 އިންސައްތައާ ދެމެދު ޑިސްކައުންޓް ލިބުމެވެ. އެ ފިހާރައިން ތައްޔާރުވަމުން ދަނީ ވަރަށް އަވަހަށް ޑެލިވަރީގެ ހިދުމަތްވެސް ފެށުމަށެވެ.

މި ފިހާރަ ހުޅުވާފައި ހުންނާނީ، ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 10:00އިން އިރުއޮއްސި 6:00 ޖެހުމާ ހަމައަށެވެ. އަދި ރޭގަނޑު 8:00އިން 11:00އަށެވެ.

ހުކުރު ދުވަހުވެސް، 2:00އިން 11:00އަށް އައުޓްފިޓް ސްޓޯރ ހުޅުވިފައި ހުންނާނެއެވެ.