ހއ. އުތީމުގައި ނުވަ ދުވަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އުތީމުގައި އުމުރުން ނުވަ ދުވަސްވީ ތުއްތު ކުއްޖަކު، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ މައްސަލައެއް މިދިޔަ ބުދަ ދުވަހު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ރިޕޯޓުކުރީ އުތީމު ސިއްހީ މަރުކަޒުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދޭތެރެއަކުން މިފަދަ މައްސަލަތައް ފެންމަތިވެގެން ފުލުހުން ތަހުގީގުކުރެއެވެ.