ރާއްޖޭގެ ރިސޯޓެެއްގެ ސްވިމިން ޕޫލަކަށް ވެއްޓި، ދެ އަހަރުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ރޭ ބުނީ މި ހިތާމަވެރި ހާދިސާގައި ނިޔާވަނީ 2އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާ ވެފައިވާ ކަމަށް ހުކުރު ދުވަހުގެ ރޭ 12:54ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

”މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯތެއްގެ ޕޫލަށް ވެއްޓި ގެނބިގެން.“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.