އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޑިމޮކްރަސީ ގެންނާނެ ދޫންޏަކީ ކޮންގްރެސް ޕާޓީގެ ދޫނި ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ ”ދޫންޏަށް“ ވޯޓުދިނުމަށް ޕީއެންސީން ބުނަމުން އަންނައިރު، އެ ދޫންޏަކީ ކޮން ދޫންޏެއްތޯ ވަރަށް ގިނަ ފަރާތްތަކުން ސުވާލުކުރާ ކަމަށެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނިމާލް ވަނީ ޕީއެންސީގެ ލޯގޯގައި އިންނަ ދޫނި ދައްކާލާފައެވެ. އަދި ވޯޓު ކަރުދާސް ކޮޅުގައި ވެސް އެ ދޫންޏާއި ދިމާލުގައި އިންނަ ކެންޑިޑޭޓަށް ވޯޓު ދިނުމުން ރަނގަޅުވާނެ ކަމަށް ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ މި ދޫންޏަކީ ދިވެހިރާއްޖެއަށް ރައްކާތެރިކަން ގެނެސްދޭނެ ދޫނި ކަމަށާއި، މި ދޫނި އުދުއްސައިގަންނަނީ ރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ސިޓިން ރޫމް ތެރެއަށް ކަމަށެވެ. އަދި މިއީ އެންމެނާވެސް އެންމެ އޮޅު ދޫނި ކަމަށް ނިމާލް ވިދާޅުވިއެވެ.
”މިއީ 120 ބިލިއަން ރުފިޔާއިން ގައުމު ދަރާލާފައި އޮއްވާ، ދަރުވާލާފައި އޮއްވާ ގައުމު ހަމަ މަގަށް އަޅުވާޅި ދޫނި. މި ދޫންޏަކީ ހަމަޖެހުމާއި ތަރައްގީ ގެނެސްދޭނެ ދޫނި. މި ދޫންޏަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ފިކުރުތަކެއް އެއް ގަލަކަށް އަރުވައިގެން ވަޒީފާއިން ވަކިނުކޮށް ގެންގުޅެދޭން ސާބިތުކޮށްދިން ދޫނި.“ ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ އެދިވަޑައިގަންނަވަނީ ހުރިހާ ބޭފުޅުންވެސް މި ދޫންޏަށް ހެޔޮ ފާހަގަ ޖެއްސެވުމަށް ކަމަށެވެ.

