ހުޅުމާލޭގައި 1،100 އަށް ވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭ، ޕާކިން ބިލްޑިންގެ ބިންގާ އަޅައިފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގަތެވެ.

ބޭސްމަންޓް ހިމެނޭ ގޮތަށް ހަދާ 13 ބުރީގެ އިމާރާތް ހަދަނީ ހުޅުމާލޭ ފޭސްގައެވެ. މި ޕާކިން ބިލްޑިންގުގައި ދެ ފުރޮޅު އަދި ހަތަރު ފުރޮޅުލީ ވެހިކަލް ކުރެވޭނެއެވެ.

އެގޮތުން ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ހާއްސަ 600 އަށް ވުރެ ގިނަ ޖާގަ އާއި 500 އަށް ވުރެ ގިނަ ސަރިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނޭނެއެވެ.

އެތަނުގައި ވެހިކަލްތަކަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ އަދި ވިޔަފާރި އައުޓްލެޓްތަކާއި އިލެކްޓްރިކް އުޅަނދު ޗާޖިން ފެސިލިޓީއަކާއި ކުޅިވަރު ފެސިލިޓީތަކެއްވެސް ހިމެނޭނެއެވެ.

މާލެ ސަރަޙައްދުގައި ހަތް ޕާކިން ބިލްޑިން އެޅުމަށް ނިންމާފައިވެއެވެ.