މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 10 ރުފިޔާގެ އައު ސްޓޮކެއް ގެނެސްފިއެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 10 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ.

އައު ނޫޓުތައް އެޕްރީލް 1 ވަނަ ދުވަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. އަދި މި ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025، 6 ސަފަރު 1447އެވެ.