ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުމުގެ ރިހިޔޫބީލް މުނާސަބަތު މިއަދު ފާހަގަކުރަމުން އަންނައިރު މި އަހަރީ ދުވަހުގެ ކެމްޕޭނަށް ކަނޑައަޅާފައިވާ ހާއްސަ ޝިއާރަކީ ”ސީ ޓު ސިލްވަރ ޝޯރސް“އެވެ.
މި ކުންފުންޏަށް ރިހި 25 އަހަރު ވެގެންދިޔައިރު އެޗްޑީސީ ހިސާބުން ފެށިގެން މިއަދާ ހަމަޔަށް އައިއިރު އެކުންފުނިން ވަނީ ގިނަ ކަންތައްތައް ހާސިލްކޮށްފައެވެ.
މިއީ އަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއާއި، ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ސަރުކާރު ހިއްސާވާ ކުންފުންޏެވެ.
އެޗްޑީސީ އަކީ ރާއްޖޭގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ ހުޅުމާލެ ތަރައްގީކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ.
އެ ކުންފުނީގެ ބިންގާ އެޅިގެން އައީ 2001 ވަނަ އަހަރު އުފެއްދި ”ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް“ (އެޗްޑީޔޫ) ގެ ނަމުގައެވެ. މި ޔުނިޓް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލެ ފަޅު ހިއްކުމާއި، އެތަން އާބާދުކުރުމުގެ މަސައްކަތްތައް ސަރުކާރުގެ ބެއްލެވުމުގެ ދަށުން ހިންގުމެވެ.އޭގެ ފަހުން 2005 ވަނަ އަހަރު މި ޔުނިޓް ”ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ (އެޗްޑީސީ) ގެ ނަމަށް ބަދަލުކޮށް، ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރެވުނެވެ.

އަދި 2009 ވަނަ އަހަރު ކުންފުނީގެ މަސައްކަތުގެ ދާއިރާ ފުޅާވެ، ހަމައެކަނި ހުޅުމާލެއަށް ހުސްވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ބައިވެރިވުމަށްޓަކައި ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގެ ނަމަށް ބަދަލުކުރެވުނެވެ.
މީގެ އިތުރުން 2023ވަނަ އަހަރުގެ ކުރީކޮޅު، އެޗްޑީސީގެ ބްރޭންޑް ނަން ’އާބަންކޯ‘ އަށް ބަދަލުކުރެވުނެވެ.
ނަމަވެސް، ފަހުން އަނެއްކާވެސް ވަނީ ’އެޗްޑީސީ‘ މި ނަން ބޭނުންކުރަން ފަށާފައެވެ.

އެޗްޑީސީގެ ތަސައްވުރަކީ ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި އަދި ހިތްފަސޭހަ ދިރިއުޅުމުގެ މާހައުލެއް ގާއިމުކޮށްދިނުން ކަމުގައިވާއިރު އެ ކުންފުނީގެ މަގުސަދަކީ އަކީ އިނޮވޭޓިވް ހައްލުތަކާއި، ޒަމާނީ އުމްރާނީ ތަރައްގީ މެދުވެރިކޮށް އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ރާއްޖެއަށް ހޯދައިދިނުމެވެ.
އެޗްޑީސީއަށް 25 އަހަރު ފުރުމުގެ ރަންޔޫބީލް މުނާސަބަތު މިއަދު ފާހަގަކުރަމުން އަންނައިރު، މި އަހަރީ ދުވަހުގެ ކެމްޕޭނަށް ކަނޑައަޅާފައިވާ ޚާއްޞަ ޝިއާރަކީ ”ސީ ޓު ސިލްވަރ ޝޯރސްއެވެ.
އެޗްޑީސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމަކީ:
ބިން ހިއްކުމާއި، ބިން ތަރައްގީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން.
ހުޅުމާލެއާއި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގެ މުނިސިޕަލް ހިދުމަތްތައް ދިނުން.
ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ބިން ދޫކުރުމާއި، އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުން.

އެޗްޑީސީން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ތަރައްގީކުރުމެވެ.
މީގެ ތެރޭގައި އެތައް ހާސް ބޯހިޔާވަހިކަމުގެ ޔުނިޓްތައް އެޅުމާއި، މަގުތަކާއި ބްރިޖްތައް ހެދުމުގެ އިތުރުން، ސިނާއީ ސަރަހައްދުތަކާއި ޕާކުތައް ގާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން މިހާރު އެޗްޑީސީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ އިގްތިސާދީ މަރުކަޒެއްގެ ގޮތުގައި ތިލަފުށި އަދި ގުޅީފަޅު ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ.
އަދި ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި ޑިޖިޓަލް އިންޕްރާސްޓްރަކްޗަރ ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުން ހިންގާ ތަފާތު ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތްކަތް ބެލެހެއްޓުމާއި ހުޅުމާލޭގެ އާބާދީއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވެސް އެޗްޑިސީން ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.
ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ސިޓީތައް ބިނާކުރުމާއި ހަކަތަ ސަލާމަތްކުރުމުގެ މަޝްރޫއުތަކަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މައިބަދައެވެ. ކުޑަ ޔުނިޓެއްގެ ގޮތުގައި ފެށި ނަމަވެސް، މިއަދު އެޗްޑީސީއަކީ ރާއްޖޭގެ އެންމެ ވަސީލަތްތައް ގިނަ، އަދި އެންމެ ބިޔަ މަޝްރޫއުތައް ހިންގާ މުއައްސަސާއެވެ.

ކުރިމަގުގައިވެސް އެޗްޑީސީގެ އަމާޒަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، ޒަމާނީ ފެންވަރުގެ ސިޓީތަކެއް ރާއްޖޭގައި ބިނާކުރުމެވެ.
އެޗްޑީސީގެ މަސައްކަތްތައް ހަމައެކަނި ބިން ހިއްކުމާއި އިމާރާތް ކުރުމަށް އަމާޒުވެފައި އޮތް އޮތުން ބަދަލުވެ، މިއަދު އެ ކޯޕަރޭޝަނަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ.
ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ ޒަމާނީ ވަސީލަތްތައް ރާއްޖެއަށް ތައާރަފުކުރުމުގައި އެޗްޑީސީން އަންނަނީ ނަމޫނާ ދައްކަމުންނެވެ. ވަކިން ހާއްސަކޮށް، ތިމާވެއްޓާ ރައްޓެހި، ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ތަރައްގީގެ މަގުގައި އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

ކުރިމަގަށް ބަލާއިރު، އެޗްޑީސީގެ އަމާޒަކީ ހަމައެކަނި މާލެ ސަރަހައްދު ތަރައްގީކުރުމެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފުޅާކޮށް، ހުރިހާ ރައްޔިތުންނަށް އޭގެ މަންފާ ހަމަހަމަކަމާއެކު ފޯރުކޮށްދިނުމެވެ.
އެހެންކަމުން، އެޗްޑީސީ އަކީ ދިވެހިރާއްޖެ ”ސްމާޓް“ އަދި ”ޒަމާނީ“ ގައުމަކަށް ހެދުމުގެ ދަތުރުގައި އެންމެ އިސް ސަފުގައި އޮންނާނެ އެއް ކުންފުންޏެކެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އަންނަން އޮތް ޖީލުތަކަށް ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ ތަރައްގީވެފައިވާ މާހައުލެއް ގާއިމުވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

