މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގެ ކޮންކްރީޓް ބުޑުތަކުގައި ޑިޖިޓަލް ބޯޑު ހަރުކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

Ads by Asuru

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ”މާލޭގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓް“ގެ ދަށުން، މާލެ ވަށައިގެން އިންދާފައިވާ ކަދުރު ރުއްތަކުގެ ކޮންކްރީޓް ބުޑުގައި، އަމިއްލަ ހަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ބަޔަކު، އެ ބޯޑުތައް ހަރުކޮށްދިނުމުގެ އިތުރުން، އެ އެއްޗެހި ސާވިސްކޮށް، މެއިންޓަނަންސް ބެލެހެއްޓުމާ އަދި މެނޭޖުކުރުމުގެ މަސައްކަތް ވެސް ކޮށްދޭން ޖެހޭ ކަމަށް އެ އިއުލާނުގައިވެއެެވެ.

އެ މަސައްކަތްކުރުމަށް ޝައުގުވެރިިވާ ފަރާތްތަކުން، ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ގޮސް، މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހު 15ގެ ކުރިން ބިޑް ހުށަހެޅުމަށް އެ އިއުލާނުގައި ބުންޏެވެ.

އެ ބިޑްގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.