ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީއާ ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމަކީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ އަޙްމަދު މުޙައްމަދު ހަވާލުވެވަޑައިގަތުމާ ގުޅިގެން ތައާރަފުވުމަށާއި ދެ މުއައްސަސާގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.