ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ތަރަށްގީކޮށްފައިވާ 100 ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މި އަހަރުގެ ޖެނުވަރީ މަހުގެ 11 ވަނަ ދުވަހުގަ އެވެ. އަދި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސަތު މިއަދަށް ވަނީ ހަމަވެފައެވެ.

އެހެން ނަމަވެސް، ހައުސިން މިނިސްޓްރީއިން މިއަދު ވަނީ މި ހައުސިން ޔުނިޓްތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.

ހައުސިން މިނިސްޓްރީއިން ބުނީ، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.