މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 584 ގޮނޑިއާ އެކު އިންތިހާބުގެ އަޣުލަބިއްޔަތު ހޯދީ ޕީއެންސީކަން ދާއިމީ ނަތީޖާ އިން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ދާއިމީ ނަތީޖާތައް ދައްކާގޮތުން އިންތިހާބުވި 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުން ނިސްބަތްވަނީ ޕީއެންސީއަށެވެ.
ދެވަނައަށް އެންމެ ގިނަ މެންބަރުން އިންތިހާބުވެފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
އެ ޕާޓީން 563 މެންބަރުން އިންތިހާބުވެފައިވާއިރު އަމިއްލަގޮތުން ވާދަކުރެއްވި 169 ކެންޑިޑޭޓުން ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.
ޕީއެންސީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
• ސިޓީ ކައުންސިލް މެންބަރުން: 5 ގޮނޑި
• ރަށު ކައުންސިލް ރައީސް: 75 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި: 101 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 99 ގޮނޑި
• ސިޓީ އތމކ ގެ މެންބަރު: 4 ގޮނޑި
• ރަށު އތމކ ގެ ރައީސް: 84 ގޮނޑި
• ރަށު އތމކ ގެ މެންބަރު: 216 ގޮނޑި
އެމްޑީޕީން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދު:
• މޭޔަރ: 5 ގޮނޑި
• ސިޓީ ކައުންސިލް މެންބަރުން: 41 ގޮނޑި
• ރަށު ކައުންސިލް ރައީސް: 73 ގޮނޑި
• ރަށު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: 88 ގޮނޑި
• ރަށު ކައުންސިލް މެންބަރު: 82 ގޮނޑި
• ސިޓީ އތމކ ގެ ރައީސް: 5 ގޮނޑި
• ސިޓީ އތމކ ގެ މެންބަރު: 42 ގޮނޑި
• ރަށު އތމކ ގެ ރައީސް: 60 ގޮނޑި
• ރަށު އތމކ ގެ މެންބަރު: 167 ގޮނޑި
އެހެނިހެން ޕާޓީތަކުން ކާމިޔާބު ކުރި ގޮނޑިތަކުގެ އަދަދަށް ބަލާއިރު، އެމްޑީއޭ އިން 23 ގޮނޑި ކާމިޔާބުކޮށްފައެވެ.

