ޖަޕާން ކައިރިއަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:52 ހާއިރުއެވެ.
މި ބިންހެލުމުގެ ބާރުމިނާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ މިއީ 7.5 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް ކަމަށާއި، ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާ ހުރި ދުރުމިނަށް ބަލާއިރު، މި ބިންހެލުމުގެ ސީދާ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.
މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. އަދި ބިންހެލުމުގެ މަރުކަޒު ހުރީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާ 684 ކިލޯމީޓަރު ދުރުގައެވެ.

