ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 58 ރަށެއްގައި މުޅިން އަލަށް އައުޓްޑޯ ޖިމް ގާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުތައް ހިންގަނީ، އެ ކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުންނެވެ.

މިގޮތުން، 71 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އޭގެތެރެއިން 58 ރަށެއްގައި މުޅިން އަލަށް ޖިމް ގާއިމު ކުރާއިރު، 13 ރަށެއްގެ އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުން ހިމެނެއެވެ.

އިކުއިޕްމަންޓް ހަރު ކުރުމަށް ތައްޔާރުވެފައިވާ ރަށްތައް:

ހއ.ހޯރަފުށި

ށ.މާއުނގޫދޫ

ށ.ބިލެއްފަހި

ށ.ގޮއިދޫ

ެރ.ދުވާފަރު

ބ.މާޅޮސް

ބ.ހިތާދޫ

އދ.ދިގުރަށް

އދ.މާމިގިލި

ފ.މަގޫދޫ

ދ.ކުޑަހުވަދޫ

ތ.ވަންދޫ

ގއ.ވިލިނގިލި

ހަލުވި މިނުގައި މިހާރު މަސައްކަތް ކުރިއަށްދާ ރަށްތައް:

އދ.ހަންޏާމީދޫ

ބ.ދަރަވަންދޫ

ހދ.ހަނިމާދޫ

ހދ.ނެއްލައިދޫ

ހދ.ނައިވައިދޫ

އދ.ކުނބުރުދޫ

އއ.ފެރިދޫ

ރ.ރަސްމާދޫ

2026 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި އައުޓްޑޯ ޖިމް ގާއިމު ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅުކެވެ.

މި މަޝްރޫއު ފަށާފައި ވަނީ، މިދިޔަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައެވެ.