ތިން އަތޮޅެއް ފިޔަވައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ކަމަށްވާ ގއ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ފިޔަވައި މުޅި ރާއްޖެއަށެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 2:00 އިން ފެށިގެން މިރޭ 8:00 އާ ހަމައަށެވެ.
މެޓުން ބުނީ އެލާޓްގެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެއެވެ.
އެހެންވެ މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

