މޫސުން ގޯސްވެ، ނ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، މިއަދު ހެނދުނު 7:15 އިން މެންދުރުފަހު 13:00 އަށް މި ސަރަހައްދުތަކަށް ވައިޓް ސަމާލު ނެރެފައިވާކަމަށެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ބާރޭވެހޭނެކަމަށް މެޓުން ލަފާ ކުރާއިރު، މިއީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައެއްކަމަށް ވެސް އެ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން، އަންނަ މަހުން ފެށިގެން، ސެޕްޓެމްބަރު މަހާ ހަމައަށް އާއްމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ އިތުރަށް ރާއްޖެއަށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓުން ވަނީ ހާމަކޮށްފައެވެ.

