ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތަކަށް އަވަހަށް ފިޔަވަޅު އަޅަން ގޮވާލައި ގަރާގެއް ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އައްބަދުއްސައްތާރު މުހައްމަދެވެ.
މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ކޮންމެ ރައްޔިތަކަށް ފިކުރު ކުރުމާއި ހިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ.
ނަމަވެސް މި ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަދި އެހެން މީހުންގެ އަބުރާއި ހައްގުތަކަށް އިހުތިރާމްކޮށް ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރަންޖެހޭ ހައްގުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންވެ، ގާނޫނާހިލާފަށް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

