ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާ ވިއްކަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ސާވިސް ދޭން ފަށަން ރާވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމަތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
ސައްހަކަން ކަށަވަރު ނުކުރެވޭ މިފަދަ މައުލޫމާތު ހިއްސާ ނުކުރުމަށްވެސް އެ އެއާލައިނުން ވަނީ އެދިފައެވެ.
މޯލްޑިވިއަނުން މި މަހު މާލެ އާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، މި ފްލައިޓްތަކުގައި ފަސިންޖަރުންނަށް ރާ ވިއްކަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އަޑު ފަތުރައިފައެވެ.

