ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އެ މީހާ ފެންނަ ސީސީޓީވީ ފުޓޭޖެއް ފުލުހުންގެ ވެސްބައިޓުގައި ވަނީ އާންމުކޮށްފައެވެ.
ފުލުހުން ބުނީ އެ ވީޑިއޯގައި ފެންނަ ފިރިހެން މީހާ އަކީ ތަހުގީގަށް ހޯދަން ބޭނުންވެ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.
އެހެންވެ އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ހޭންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

