މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ވައިޓް އެލާޓް ދަންމާލައިފިއެވެ.

ކ އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ނެރުނު ވައިޓް އެލާޓުގައި ވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

މި އެލާޓުގެ މުއްދަތު ހަމަވާނީ މިރޭ 22:30 އަށެވެ. މެޓުން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެެވެ.

ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ވަނީ ފެށިފައެވެ.