ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވުމަށް ފަހު މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ޝަރީފް އެމްޑީޕީއަށް ސޮއި ކުރެއްވީ މިދިޔަ ހަފްތާ ތެރޭގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ޝަރީފަކީ ކުރިން ރައީސް ޔާމީންގެ އެންމެ އަރިސް މީހުންގެ ތެރެއިން މީހެކެވެ. އިލެކްޝަންސް ކޮމިޝަނަށް ޝަރީފް އައްޔަން ކުރައްވާފައިިވަނީވެސް ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހުކޮޅުއެވެ.
