ގާނޫނުގެ ދިގުއަތް ހުރިހާ އެންމެންމައްޗައް ފޯރާނެކަން ރައްޔިތުންނަށް ޝައްކެއްނެތް މިންވަރަށް ޔަގީންވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ގާނޫނުގެ ކުރިމަތީ ބޮޑެއް ކުޑައެއް ފައިސާވެރިއެއް، ނޫސްވެރިއެއް، މަސްވެރިއެއް، އޮޑިވެރިއެެއް އަދި ދަނޑުވެރިއެއް ވެސް ތަފާތުވެގެން ނުވާނެ ކަމަށެވެ.
”ހުރިހާ ފަރާތަކުންވެސް ގާނޫނަށް ކިޔަމަންވެ، ބޯލަބަންޖެހޭ ދިވެހި ގައުމުގެ އެންމެމަތީ ވެރިޔާގެ މަގާމު އަދާކޮށްފައި ހުރީތީ ގާނޫނުގެ ދިގު އަތް ނުފޯރާނެ ކަމަށް ދެކޭ ދެކުން ބަދަލު ވާންޖެހޭ.“ މުހައްމަދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިޓިންރޫމުގައި ތިބެގެންނާ ޖަގަހަތަކު ތެރޭގަޔާ މަގުތައްމަތީ ބުހުތާންދޮގު ވާހަކަތައް ދައްކަމުންދާ ދިޔުން ހުއްޓެންވެއްޖެ ކަމަށެވެ.

