ހއ. ދިއްދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 75 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.

Ads by Asuru

ދިއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް އާއި ދިއްދޫ ކައުންސިލް މެމްބަރުން އަދި މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު އެސްޖޭ ކުންފުނީގެ ހާއްސަ މަންދޫބެކެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ އޮގަސްޓް 10 ވަނަ ދުވަހުއެވެ.

މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫއުގެ އަގަކީ 120.4 މިލިއަން ރުފިޔާއެވެ.

ދިއްދޫގައި އަޅަން ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށް އިމާރާތް ކުރާ 700 އަކަފޫޓުގެ 75 ރޯހައުސްއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހުރެއެވެ.