ޕީއެންސީގެ ވަރަށް ހާއްސަ ޖަގަހަ ޖަލްސާއެއް މިރޭ އޮންނާނެކަން އިއުލާންކޮށްފިއެވެ.
ވެރިކަން ކުރާ ޕާޓީން ބުނީ އެ ޖަލްސާ އޮންނާނީ މައި ޖަގަހައިގައ ކަމަށާއި ޖަލްސާ ފަށާނީ މިރޭ 8:30 ގައި ކަމަށެވެ.
އެހެންވެ ޕީއެންސީ އަށް ތާއީދުކުރާ ވީހާ ވެސް ގިނަ ބަޔަކު އެ ޖަލްސާގައި ބައިވެރިވާން އެދިފައިވެއެވެ.
އެ ޕާޓީގެ ހާއްސަ ޖަގަހަ ޖަލްސާއެއް މިރޭ މި ބާއްވަނީ ރައްޔިތުންގެ މަޖިލީހުގެ އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރަން ޕީއެންސީން ވާދަކުރި އިއްޔެގެ ބައި-އިލެކްޝަނުން ވަރަށް ހަނި ތަފާތަކުން ބަލިވެފައި ވަނިކޮށެވެ.
އެ ބައި-އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވީ އަހުމަދު ސައީދު (ސޮޑާ)އެވެ.
އިދިކޮޅު ތިން ރައީސުން ކަމުގައިވާ ޔާމީން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދާއެކު 62 ވޯޓުގެ ތަފާތުން ބައި-އިލެކްޝަން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ)އެވެ.

