އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީގެ ފުޓްބޯޅައިގެ ކުރިމަގާާމެދުގައި ގޮތެއް ނިންމުމަށް އޭނާ އަށް އެއްވެސް ވަރަކަށް ނުފޫޒެެއް ނުފޯރުވާނެ ކަމަށް އާޖެންޓީނާގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ ބުނެފިއެވެ.

ޓީވައިސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ، 8 ފަހަރު ބެލޮންޑިއޯ ހޯދި މެސީއާ ގުޅޭގޮތުން ބުނީ، 2028 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ނުވަތަ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުމަށް މެސީ އަށް ޕްރެޝަރު ނުކުރާނެ ކަމަށެވެ.

”އެއީ އޭނާގެ އަމިއްލަ ނިންމުމެއް،“ ޓަޕިއާ ބުންޏެވެ.

”އަހަރެމެން އޭނާއަށް (އެ ނިންމުން) ދޫކޮށްލަން ޖެހޭނީ. 2022 ވަނަ އަހަރު އޭނާ ކުޅޭނެ ކަމެއް ނުވަތަ ނޫންކަމެއް އޭރު ނޭނގެ.“ ޓަޕިއާ ވަނީ، މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަކޮށްފައެވެ.

މި އަަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ސްޕެއިން ކައިރިން ބަލިވި މެޗަށް ފަހުގައި، އުމުުރުން 39 އަހަރުގެ މެސީ ނޫސްވެރިންނާ ވާހަކަ ދައްކައިފައެއް ނުވެއެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޫނީ ބުނީ، މެސީ ދެން އާޖެންޓީނާގެ ގައުމީ ޓީމަށް އެނބުރި އަންނާނެކަން ނޭނގޭ ކަމަށެވެ.