މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ މ. ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ނިންމާލައިފިއެވެ.
10 މީހުން މަރުވި އެ ހާދިސާއަށް ފަހުގައި، އެ ގެ ތަޅާލާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސިޓީ ކައުންސިލުންނެވެ.
ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނެކެވެ. އަދި އެ އެންމެންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.
އެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން ކްރިޓިކަލް ހާލަތުގައި އޮތް ބިދޭސީ ފިރިހެނަކަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިން ނަމަވެސް އެ މީހާގެ ހާލު ރަނގަޅުވެ އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވޯޑަށް ބަދަލުކޮށްފައެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
