މަސްތުވާތަކެއްޗާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަރެކްޝަންސްގެ އޮފިސަރެއް މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެ އޮފިސަރު ވަޒީފާއިން ސަސްޕެންޑު ކުރެވިފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ކަރެކްޝަންސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.