ބޭނުންވާ ތަކެތި:

Ads by Asuru

ފަސް ސައިސަމުސާ އިންސްޓަންޓް ކޮފީ

އެއް ޖޯޑު ހޫނު ފެން

16 މޭޒުމަތީ ސަމުސާ މެރިގޯލްޑް ޑޯން ސްވީޓްންޑް ބެވަރޭޖް ކްރީމަރ

½ ޖޯޑު ފުލްކްރީމް ކިރު

ތިން މޭޒުމަތީ ސަމުސާ ހަކުރު (ނޫނީ ބޭނުން ވަރަކަށް)

ދެ ޖޯޑު އައިސް ކިޔުބް

 

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ އައިސް ކިޔުބް ނޫން އެހެން ހުރިހާ އެއްޗެއް ބާރަށް މަތިޖެހޭ ފުޅިއަކަށް އަޅާލާށެވެ. ދެން ބާރަށް މަތި ޖަހާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވާ ވަރަށް ފުޅި ދެކޮޅަށް ދެކޮޅަށް ބާރަށް ތަޅުވާށެވެ.

ފުޅީގެ ބަދަލުގައި މިކްސަރަށް އަޅައިގެންވެސް މިކަން ކުރެވިދާނެއެވެ. ހުރިހާ އެއްޗެއް އެއްކުރަމުން ދާއިރު ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ބަދަލު ގެންނާށެވެ.

އައިސް ކިޔުބްތައް ދެ ތަށްޓަށް ބަހާލާށެވެ. އެއަށްފަހު އެއްކުރި ސާމާނު ދެތަށްޓަށް އެއްވަރު ވާނެ ގޮތަށް އައިސްކިޔުބް ތަކުގެ މައްޗަށް އޮއްސާލާށެވެ.

ނޯޓު: މިއީ ލޮނުމެދު.ކޮމްގައި ޝާއިއު ކޮށްފައިވާ ރެސިޕީއެކެވެ.